


.jpg?w=3840&q=75)


.jpg?w=3840&q=75)


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭ އާއި ބައްދަލުކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށްކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ދިމާވާ ކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއާއި ސީޝެލްސްއާ ދެ ޤައުމުންވެސް މި ފަހަރުގެ ސަމިޓުގެ ތެރެއިން ބާރުއަޅާ ވަކާލާތު ކުރާނެއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، ދެ ޤައުމުން ބާރުއަޅައި ވަކާލާތު ކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މިއަހަރުގެ ކޮޕް ސަމިޓު ތުރުކީގެ އަންތަލިޔާގައި ކުރިއަށްދާނީ މިމަހުގެ 9 އިން 20 އަށެވެ. އަދި ސަމިޓުގެ އެންމެ މުހިންމު ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ސަމިޓު މިމަހުގެ 11 އިން 12 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.