


.jpg?w=3840&q=75)



.jpg?w=3840&q=75)

ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން، މިންވަރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ.
މެޑަމްގެ މެސެޖުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައުެގންފައިވާއިރު، ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވާފައި ވެއެވެ. އަދި ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، މި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން، މާތްﷲ މިންވަރުކުރެއްވުމަށް ވަނީ ދުޢާ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ރައީސް އިބްރާހީމް ނާސިރާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމު ހިމެނިވަޑައިގަންނަވާހެން 7 ވެރިން ވަނީ ޤައުމުގެ ވެރިކަން ކުރައްވާފައެވެ. އެއީ، ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.



.jpg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)