


.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުއްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ރައީސް އިބްރާހީމް ނާސިރާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމު ހިމެނިވަޑައިގަންނަވާހެން 7 ވެރިން ވަނީ ޤައުމުގެ ވެރިކަން ކުރައްވާފައެވެ. އެއީ، ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.



.jpg?w=3840&q=75)
