.jpg?w=3840&q=75)





.jpg?w=3840&q=75)


ރައީސް މުއިއްޒު
ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރު ދުވަހުގެ މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ ދިވެހިރާއްޖޭގެ ނަސަރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަހުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. އަދި މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ."ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ،ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ،ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ، ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ" ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ ޕޯސްޓު ނިންމާލަމުން މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުމަށް އެދި ދުއާ ދަންނަވާފައިވެ އެވެ.
ކޮންމެ އަހަރެއްގެވެސް ނަސްރު ދުވަސް ފާހަގަކުރަމުންދަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަސް ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ނަސްރު ލިބުނު ދުވަހަށްވާއިރު، މި ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.




.jpg?w=3840&q=75)



