
.jpg?w=3840&q=75)


.jpg?w=3840&q=75)



.jpg?w=3840&q=75)
ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ދިނުމުގެ ޒިންމާއާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ މަސައްކަތްތައް ފަށައިފިއެވެ.
މި ޚިދުމަތް ކުރިން ދެމުން އައީ ފެނަކަ ކޯޕަރޭޝަނުން ނަމަވެސް މި ބަދަލު ގެނެެސްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތީންނެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލާ ގުޅިގެން ނ. އަތޮޅުގެ ރަށްރަށުގައި މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކާ އެއްވަރަށް މަތިކުރުމުގެ މަސައްކަތް އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ. އަދި ކުންފުނީގެ އެންމެ އިސް އަމާޒަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު ހުރި، ރަނގަޅު ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވ.
އަތޮޅުތަކުގެ ރަށްރަށުގައި ޔުޓިލިޓީގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ ފިޔަވަޅުތަކެއް އަޅަމުންދެއެވެ. އެގޮތުން، ޚިދުމަތް ދިނުމުގެ ދިގު ތާރީޚަކާއި ފަންނީ ޤާބިލުކަން ލިބިފައިވާ ސްޓެލްކޯއާ މި އަތޮޅުގެ ޚިދުމަތްތައް ހަވާލުކުރުމަކީ، އެ ރަށްތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމަވާފައިވާކަން ސަރުކާރުން މިދިޔަ އޮގަސްޓު މަހު ރަސްމީކޮށް ހާމަކޮށްފައިވާއިރު، އެ ނިންމުމުގެ ކުރިންވެސް ފެނަކައިން ބަލަހައްޓަމުން ދިޔަ މިފަދަ އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ އިދާރީ އޮނިގަނޑުގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން އައީ މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ.

.jpg?w=3840&q=75)


.jpg?w=3840&q=75)
.jpg?w=3840&q=75)


