
"ހެލްތު އެންޑް ފެމެލީ އެކްސްޕޯ" މިއަހަރުވެސް ބާއްވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހެލްތު އެންޑް ފެމެލީގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ.
މި އެކްސްޕޯ އޮންނާނީ ނޮވެންބަރ 5،6،7 ގައި ސެންޓަރަލް ޕާރކްގައި ކަމަށާއި މިއީ މި އެކްސްޕޯ ބާއްވާ 03 ވަނަ ފަހަރު ކަމަށް ވެސް ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ފާއިތުވެ ދިޔަ ދެ އަހަރުގައިވެސް މި އެކްސްޕޯއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މާލެސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 ހަށް ވުރެ ގިނަ ސްޓޯލް ބެހެއްޓިފައި ހުންނާނެކަމަށް ވަނީ ބުނެފައެވެ.
މި އެކްސްޕޯގައި ޞިއްޙީ އިޖުތިމާއި އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް އާއްމުން ހޭލުންތެރިކުރުމާއި، ދެޖިންސްގެ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވޭނެއެވެ. އަދި މިދާއިރާއާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެންމެހާ ހެލްތު ފެސިލިޓީސްތަކުން ދެމުންގެންދާ ޚިދުމަތްތައް އެއްތާކުން އެންމެނަށް ފޯރުކޮށްދީ، މި މުއައްސަސާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ އިތުރުން އާއިލާއާއިއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެގޮތަށް މި އެކްސްޕޯގެ ހަރަކާތްތައް ވަނީ ފަރުމާކުރެވިފައެވެ.
މިގޮތުން ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތާއި ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަދި ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތު އަދި ހެލްތު ސްކްރީނިންގއާއި ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސަނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުތަކުގެ އިތުރުން ހެލްތީ ފުޑް ސްޓޯލްތަކާއިއެކު ކެއުން ބުއިމުގެ އާދަތަކާއި ގުޅޭ މައުލޫމާތު ދެވޭނެއެވެ.
މީގެއިތުރުން މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހޮޅަ އަދި މިނޫންވެސް މުނިފޫހިފިލުވުމުގެ އެކި ހަރަކަތާތައް އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)





.jpg?w=3840&q=75)
