

.jpeg?w=3840&q=75)






ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފިއެވެ.
މިކަން ހާމަކުރައްވާ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލަން އަޅަން ޖެހޭ އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.މިއީ ބުރިޖުގެ މަސައްކަތް ނިމުމަށް އެޅުނު މުހިންމު މައިލްސްޓޯންއެއް ކަމަށާއި ގުޅިފަޅާ ބުރިޖު ގުޅާލުމާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުންޏަށް ވެސް މުއްތަލިބު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލިއިރު މިދިޔަ އޮގަސްޓު މަހު މާލެއާ ވިލިމާލެވެސް ބުރިޖުން ވަނީ ގުޅާލައިފައެވެ. ގުޅީފަޅުން ތިލަފުއްޓަށް އަޅާ 600 މީޓަރުގެ ބުރިޖުގެ އިތުރުން، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކުންނެވެ. މުޅި މަޝްރޫޢު ނިމުމުން ގްރޭޓަރ މާލެ ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު ބުރިޖުގެ ނިމިފައި އޮތީ ތިން ބައިކުޅައެއްބައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ބުރިޖުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ.


.jpeg?w=3840&q=75)

