
%20(1).jpeg?w=3840&q=75)


.jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން އިޢުލާންކުރައްވާ ވަނީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ (ކަނޑައިދެވޭނެ) ގޮތް ހަމަޖެހިފައިވާކަމަށާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް، 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެކަމުގައެވެ.
މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް، 1 ޖެނުއަރީ 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގެ ފެހި ސިގުނަލްވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް އަދަށްވުރެ ތަނަވަސްކުރުމުގެ ގޮތުން މިހާރުވެސް މަސައްކަތްތަކެއް ކުރެވޭކަމަށާ، މި ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި، އަންނަ ނޮވެމްބަރު މަހު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެންމެން ޝާމިލުވާ (އިންކްލޫސިވް) މުޖުތަމަޢެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤައުމީ އިޤްތިޞާދުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދީ، އެއްވެސް މީހެއްގެ ޖިސްމާނީ ނުވަތަ އެހެނިހެން ޙާލަތެއްގެ ސަބަބުން ފުރުޞަތުތަކަށް ހުރަސްއެޅުމަށް ޖާގަ ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ އެންމެން ޝާމިލުވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

%20(1).jpeg?w=3840&q=75)


.jpeg?w=3840&q=75)
%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)
