
ކެމްބޯޑިއާގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ "އޭއައި ފޯ ކްލައިމެޓް އެކްޝަން ފޯރަމް 2026" ގައި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ރާނިޔާ ސުޢޫދު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާއި ނުރައްކާތަކާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ރާނިޔާ ވަނީ ވާހަކަދައްކަވާފައެވެ.
މި ޕެނަލްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، އިތުބާރު ހުރި އަދި ފަސޭހައިން ލިބެންހުންނަ މަޢުލޫމާތުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހަރުދަނާ ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވާލުމުގެ ބޭނުންތެރިކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންކުރާ އޭއައި ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުގެ ބޭނުންތަކަށާއި ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް، އިންސާފުވެރި ބަދަލަކަށް މަގުފަހިކޮށްދޭ ވަސީލަތްތަކަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





