
.jpeg?w=3840&q=75)


.jpeg?w=3840&q=75)




ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ މިއީ އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ކުރިއަށްގެންދާ އޮޕަރޭޝަނެއް ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފައިވާ ކަމަށެވެ.
ހ. މާދޫގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެއީ ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބައެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އޮޕަރޭޝަން ފެށި ރޭގައި ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ކައުންޓަރ ނާކޮޓިކްސްއާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް ވެސް ބުނެއެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، މާލެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ މީހުން ދެނެގަނެވި، މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)



