



.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)

ފުލުހުންގެ މައި ޢިމާރަތް
ބްރިޖު ހައިވޭގައި މިއަދު ވެސް އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ.
މި އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 4:55 އެހާކަންހާއިރު ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް، އޭގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ. ފުލުހުން ބުނި ގޮތުގައި، އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ އަތް ބިންދައިގެން ގޮސް، އިތުރު އަނިޔާތައް ވެފައިވެއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




.png?w=3840&q=75)



