






.jpg?w=2048&q=75)
ނަފްސާނީ ބަލިތަކުގެ ހެލްޕްލައިނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅައިފިއެވެ.
މިއީ ނަފްސާނީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު ތަޢާރަފްކުރި ހެލްޕް ލައިނެކެވެ.
ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި "1677″ ހެލްޕްލައިނަށް މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީ ހޯދާފައިވެއެވެ.
ވަޒީރު ޤީލާ އަލީ ވިދާޅުވީ، ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއެކު ރައްކާތެރި މާޙައުލެއް ފަހިކޮށްދޭން ޖެހޭކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢެއް ބިނާކުރުމަކީ ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ.
މީގެއިތުރުން މިއަހަރުގެ ޝިޢާރު "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު" އަށް އިޝާރާތްކުރައްވާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެކަމަށެވެ. އެކަނިވެރިކަމާއި ހިތްދަތިކަމުގައި ތިބި މީހުންގެ އަޑު އަހައިގެން މެނުވީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ނުދެވޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ވަނީ ކޮމިއުނިޓީ ކަލަރރަން ގެ ނަމުގައި ހަރަކާތެއް ބާއްވާފައެވެ. އަދި އާއިލީ ހަވީރެއް ވެސް ބާއްވާފައި ވެއެވެ.






.jpg?w=3840&q=75)
