.jpg?w=3840&q=75)







.jpeg?w=3840&q=75)
-
މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާއަށް އަރައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް މާލީ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކައިފިއެވެ.
2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 30.342 ބިލިއަން ރުފިޔާއެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ވަކިވަކި ދާއިރާތަކަށް ބަލާއިރު:
އާމްދަނީއަށް ކުރިއެރުން ލިބުނު ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 18.2 އިންސައްތަ އިތުރުވެ، 35.456 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރއަށެވެ.
އެގޮތުން ރިކަރަންޓް ޚަރަދު 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމަށް 18.539 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މީގެއިތުރުން ހިލޭ އެހީއާއި ސަބްސިޑީއަށް ކުރި ޚަރަދު 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަނަށް އެރިއިރު، ސަބްސިޑީއަށް އެކަނިވެސް 4.203 ބިލިއަން އަދި އާސަންދައަށް 1.864 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ހޭދަ ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗަރއަށް ބަލާއިރު، އެ ބަޔަށް ކުރި ޚަރަދު ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިގޮތުން ބިމާއި ޢިމާރާތް ކުރުމުގެ މަޝްރޫޢުތަކަށް 1.453 ބިލިއަން ރުފިޔާ އަދި ފާލަމާއި ބަނދަރު ހެދުމަށް 0.333 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
.jpg?w=3840&q=75)



