








އަޖޭ ދޭވްގަން ލީޑު ރޯލުން ފެންނަ "ދްރިޝްޔަމް: ދަ ކޮންކްލޫޝަން": މި ފިލްމު ވަނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އޯޕަނިންގ ހޯދާފައި
ބޮލީވުޑްގެ ކާމިޔާބު އެކްޓަރ އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" އިން ބޮކްސް އޮފީހުގައި ރެކޯޑެއް ހަދައި އަޖޭގެ ކެރިއަރުގެ އެންމެ ބޮޑު އޯޕަނިންގ ހޯދައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އަޖޭގެ މުޅި ފިލްމީ ކެރިއަރުގައިވެސް ފިލްމަކަށް ލިބުނު އެންމެ ބޮޑު އޯޕަނިންގ އެވެ.
ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު، މި ފިލްމު ވަނީ އޭނާގެ ދާދި ފަހުން ނެރުނު ކާމިޔާބު ފިލްމު "ސިންގަމް އެގެއިން" އަށްވުރެ 18.33 ކްރޯޑު ރުޕީސް އިތުރަށް ހޯދާފައެވެ.
"ދްރިޝްޔަމް" ފްރެންޗައިޒްގެ މި ފަހު ބަޔަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފިލްމުގެ ސަސްޕެންސް އަދި އަޖޭގެ މޮޅު އެކްޓިންގ އަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.




