.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)




.jpg?w=3840&q=75)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ދ. މީދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދާޚިލީ ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުންނެވެ. އަދި ޚާއްޞަކޮށް މީދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ރަށުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މީގެއިތުރުން، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށާއި، ކައުންސިލުން ފާހަގަކުރި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ވުޒާރާގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރަށްރަށުގެ އިޖުތިމާޢީ ޞުލްޙަމަސަލަސްކަން ދެމެހެއްޓުން ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)
