
.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)


ވެރިކަން ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ މަތީ މަޖިލީހުން މެމްބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަކުރި 10 ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފިއެވެ.
އަންގާރަ ދުބަހުގެ ހެނދުނު ފެށި ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި ގުންނަންތަކާއި އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ މަސައްކަތެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު މިހާރު އިންތިހާބުކޮށްފައިވާއިރު، ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުން ވެސް ދަނީ ކުރިއަށެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކޮށްފައިވާ 10 ގޮނޑިއަށް ޖުމްލަ 22 ބޭކަނބަލަކު ވާދަކުރެއްވިއެވެ. މި އިންތިހާބުގައި ކާމިޔާބު ހޯއްދަވައި އެ 10 ގޮނޑިއަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ މަރްޔަމް ޝިއުނާ (ނަންނަ)، ޝެރީން އަބްދުއްސަމަދު، އާއިޝަތު މުހައްމަދު، ފާތިމަތު ރުހުސާނާ، ފާތިމަތު މިޒުނާ، ފާތިމަތު މުހައްމަދު، އާސިޔަތު ރިޔާސާ، އާމިނަތު ނަމްޒާ، އާމިނަތު ޝުހުދާ އަދި މަރިޔަމް ސާމިޔާއެވެ.
މީގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ މަރްޔަމް ޝިއުނާއަށެވެ. އޭނާއަށް 931 މަންދޫބުން ވަނީ ވޯޓު ދެއްވާފައެވެ.
ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރުން ޒުވާނުންނަށް ވެސް ހާއްސަ ގޮނޑިތަކެއް ހިމެނެއެވެ. އަދި އެންމެންނަށް އާންމުކޮށް ހުޅުވާލައިގެން 18 މެންބަރަކު އާންމު މެންބަރުންގެ ގޮތުގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވާއިރު، އެ 18 މަގާމަށް 70 އަށްވުރެ ގިނަ ބޭފުޅުން ވަނީ ވާދަކުރައްވާފައެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)

