
ޒުވާން ނޫސްވެރިޔާ ޒިދާން މުޙައްމަދު ލިޔެފައިވާ 'ވާވެރިންގެ ވާދޫ" ފޮތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނެރެދެއްވައިފިއެވެ.
މި ފޮތް ރަސްމީކޮށް ނެރެފައިވަނީ މިކަަމަށްޓަކާ ރައީސް ސާލިހުގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ފޮތަކީ ޒިދާންގެ އުފަން ރަށް ކަމަށްވާ ރ. ވާދޫގެ މައްޗަށް ބިނާކޮށް ލިޔެފައިވާ، އޭނާގެ އަދަބީ ޙަޔާތުގައި ކުރެވުނު ވަރަށް ޚާއްޞަ އަދި އަގުހުރި މަސައްކަތެކެވެ. މި ފޮތް ލިޔުމުގެ މައިގަނޑު މަގުދަކީ ވާދޫގެ މުއްސަނދި ތާރީޚާއި، ސަގާފަތާއި، އާދަކާދަތަކުގެ އިތުރުން ރަށުގެ އެކި މަޢުލޫމާތުތައް އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ.
ޒިދާން ބުނީ ވާދޫގެ ގުދުރަތީ ރީތިކަމާއި އަމިއްލަ ފަސްގަނޑަށް އޮތް ލޯތްބަކީ މިފަދަ ފޮތެއް ލިޔުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
އުމުރުން އެންމެ 13 އަހަރުގައި ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރު، ލިޔުންތެރިކަމުގެ ދާއިރާއަށް ޒިދާންގެ ޝައުޤުވެރިކަން އުފެދުނު ނަމަވެސް، ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ ގޮތުގައި އޭނާ އާންމުންނަށް ތައާރަފުވީ2017 ވަނަ އަހަރުގައެވެ.
ޒިދާނަކީ ޚަބަރާއި ރިޕޯޓުގެ އިތުރުން، ދިވެހި އަދަބިއްޔާތުގެ އެކި ގޮފިތައް ކަމަށްވާ ޅެން، ލަވަ، ރައިވަރު، ބަނދި އަދި ކުރުވާހަކަ ލިޔުމުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
ޒިދާންގެ އަމާޒަކީ އޭނާގެ ގަލަމުގެ ދެލިން މުޖުތަމައަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމެވެ. ތަފާތު ދާއިރާތަކުން ކިޔުންތެރިންނަށް ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދެމިހުރުމަށް އޭނާ އުންމީދު ކުރާއިރު، ކިޔުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ މި ދަތުރުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރެއެވެ.
ރ. ވާދޫގެ މުއްސަނދި ތާރީޚީ ވާހަކަތަކުން މިފޮތް ފުރިފައިވާއިރު، ފޮތް ގަންނަން ބޭނުން ފަރާތްތަކުން 'ޕްރީ އޯޑަރ' ކުރުމަށް ޒިދާން ވަނީ އެދިފައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




