
.jpeg?w=3840&q=75)
.jpg?w=3840&q=75)






މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން، އއ. މަތިވެރި ދާއިރާގެ މެންބަރާއި މަތިވެރީ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މަތިވެރީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
އެގޮތުން ރަށުގެ ތިމާވެއްޓަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، މިނިސްޓްރީގެ ފަރާތުން މިހާރު މަތިވެރީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށްޓަކައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ގުޅުންހުރި އެކިއެކި އިސްނެގުންތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައި، އަދާހަމަ މަޢުލޫމާތު ބަދަލުކުރައްވާފައެވެ.
މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ރަށްރަށުގެ ކައުންސިލްތަކާއި ދާއިރާތަކުގެ މަންދޫބުންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށެވެ.

.jpeg?w=3840&q=75)
.jpg?w=3840&q=75)





