

.jpeg?w=3840&q=75)
.jpg?w=3840&q=75)





--
ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް އާރް ވަރްމްއާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރ ސައީދު އެމެރިކާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި އެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެވުނު ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ދަތުރުގެ ތެރެއިން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެމެރިކާގެ ވިޔަފާރިވެރިންނާ އެކު މި ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިންނެވެ.
މީގެ އިތުރުން މިނިސްޓަރ ސައީދު އިއްޔެ ވަނީ ޔޫއެސް - މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން ތިން ވަނަ ބައްދަލުވުން ކޯޗެއާ ކުރައްވާފައި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސައީދުގެ މި ދަތުރަކީ ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަ ވިޔަފާރި އާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)




