.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)





މަސްތުވާތަކެތީގެ މައްސަލާގައި ކާށިދޫއިން ހައްޔަރުކުރި 5 މީހުން- ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކ.ކާށިދޫ އިން 5 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރިހިތަރި / ކ. ކާށިދޫ، މުޙައްމަދު އަޙުދު (30އ) އާއި، ދިލްޝާދުގެ / ގދ. ރަތަފަންދޫ، ޣާނިމް މުފީދު (26އ) އާއި ރެޑިއަމްގެ / ކ. ކާށިދޫ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި، ގ. މާލެހިޔާ 2 02-13 / މާލެ، މަދީޙް ރަޝީދު (29އ) އަދި ޝަބްނަމްގެ / ކ. ކާށިދޫ، ނަޒާން މުޙައްމަދު ޝާކިރު (22އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 30 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ކޯޓުން ދޫކޮށްލާފައިވާކމަަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ތެރެއިން މުހައްމަދު އަޙުދު އަދި ޣާނިމް މުފީދު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަބްދުލްޢަލީމް މުހައްމަދު އާއި މަދީޙް ރަޝީދު އަދި ނަޒާން މުހައްމަދު ޝާކިރު 15 ދުވަހަަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)

.png?w=3840&q=75)

.png?w=3840&q=75)
