
.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)


.jpeg?w=1920&q=75)
ރެޓްރޯ ޑިޒައިންގެ ޓައިލްތަކެއް ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ ބަދިގެއެއް. ޗެކަރބޯޑް ފަދަ ކުރީ ޒަމާނުގެ ޑިޒައިންތައް މިހާރު އަންނަނީ އަނެއްކާވެސް ވަރަށް ބޮޑަށް މަގުބޫލުވަމުން.
ގެދޮރު ޒީނަތްތެރިކުރުމުގައި އާންމުކޮށް ބޭނުންކުރާ ޒަމާނީ ޑިޒައިންތަކަށް ވުރެ ތަފާތު، އަދި ގޭތެރެއަށް ދިރުން ގެނެސްދޭނެ ގޮތްތައް މީހުން މިހާރު އަންނަނީ ހޯދަމުންނެވެ.
މިގޮތުން މުޅި ތަން އެއްކޮށް ބަދަލުނުކޮށް، ގޭގެ އެކި ތަންތަނުގައި (މިސާލަކަށް ފާރުތަކާއި ތަޅުމުގައި) ބޭނުންކޮށްލެވިދާނެ ރެޓްރޯ 6 ޓައިލް ޕެޓަރންއެއް ޑިޒައިނަރުން ވަނީ ފާހަގަކޮށްފައެވެ
1. ކަރވްޑް ޖިއޮމެޓްރިކް އާކް ޓައިލް
ވަށްކޮށް އަދި ޖިއޮމެޓްރިކް ބައްޓަންތަކަށް ހުންނަ ޓައިލްތައް މިހާރު އަންނަނީ މަގުބޫލުވަމުންނެވެ. ނޫ އަދި ހުދު ކުލައިގެ މިފަދަ ޓައިލްތައް ފާޚާނާގެ ކުދި ޖާގަތަކުގައި ނުވަތަ ޚާއްޞަ ފާރެއްގައި ބޭނުންކުރުމުން، ލޮލަށް އުނދަގޫ ނުވާނެހެން އެ ތަނަކަށް ރީތި ކުލަވަރެއް ގެނެސްދެއެވެ.

2. ޗެކަރބޯޑް
ޗެކަރބޯޑް ޑިޒައިނަކީ ދުވަހަކުވެސް ބާނުވާނެ ޑިޒައިނެކެވެ. ކަޅާއި ހުދުގެ ބަދަލުގައި، ހުދު ނުވަތަ ކްރީމް ކުލައާއެކު މަޑު މުށި ކުލަތައް ބޭނުންކުރުމުން ހަޑިވިޔަސް ފާހަގަވާލެއް ކުޑަވާނެއެވެ. މިއީ ލޯންޑްރީ ރޫމް ފަދަ ތަންތަނުގެ ތަޅުމަށް ވަރަށް ގުޅޭ ޑިޒައިނެކެވެ.

3. ސެރަމިކް ސްކުއެއަރ ޓައިލް
50 އަދި 60 ގެ އަހަރުތަކުގައި ބޭނުންކުރި އަކަ ބައްޓަމުގެ ސެރަމިކް ޓައިލްތައް އަނެއްކާވެސް މިވަނީ މިހާރުގެ ޓްރެންޑަކަށް ވެފައެވެ. މިހާރު އާންމުކޮށް ފެންނަ އެއްގޮތް ޑިޒައިންތަކުގެ މަތިން މީހުން ފޫހިވެ، މިފަދަ ތަފާތު ގަދަ އަދި މަޑު ކުލަތަކުގެ ޓައިލްތައް ފާޚާނާއާއި ބަދިގޭގައި ބޭނުންކުރުން ވަނީ އިތުރުވެފައެވެ.
.jpeg?w=1920&q=75)
4. ފިޝް ސްކޭލް ޓައިލް
މަހުގެ ހުޅުނބު ގޮތަށް ބައްޓަންކޮށްފައި ހުންނަ ޓައިލްތައް ބަދިގޭގެ ފާރުތަކުގައި އާއި ލޯންޑްރީ އޭރިއާގައި އަދި ފާހަނާގެ ފާރުގައިވެސް ބޭނުންކުރުން އަންނަނީ މިހާރު އިތުރުވަމުންނެވެ. ޑިޒައިނަރުން ލަފާދޭގޮތުގައި ގަދަ ކުލަތަކުގެ ބަދަލުގައި މަޑު ކުލަތައް ބޭނުންކުރުމުން ތަނުގެ ރީތިކަން އިތުރަށް ފެނިގެންދެއެވެ. އަދި ތަނަށް ހިތްފަސޭހަކަން ގެނެސްދީ، ލަކުނޑި ކުލައިގެ ކަބަޑުތަކާ ވަރަށް ބޮޑަށް ގުޅޭނެއެވެ.

5. ލައިނަރ ޓައިލް
މިއީ ވަރަށް އާދައިގެ ސާދާ ބައްޓަމަކަށް ހުންނަ ޓައިލްތަކެއް ނަމަވެސް، މީގެން ތަނަށް ރީތި ކުލަތަކަކާއި ތަފާތު ޕެޓަރންއެއް ގެނެސްދެއެވެ. ސިޓިންގ ރޫމުގެ ފާރުގައި ކުލަ ގަދަ ވޯލްޕޭޕަރ އެއް ބޭނުންކޮށްފައި އޭގެ ތިރިއަށްލައިނަރ ޓައިލް ބޭނުންކުރުމުން އެތަނެއް ވަރަށް ބޮޑަށް ފާހަގަވެގެންދާނެއެވެ.

6. ޕެނީ ޓައިލް
ކުދިކުދި ވަށް ނުވަތަ ހަ ކަނަށް (ހެކްސަގަން) ހުންނަ ޕެނީ ޓައިލްތަކަކީ ވެސް އަލުން މަގުބޫލުވަމުން އަންނަ ބާވަތެކެވެ. މިއީ ލޮލަށް އުނދަގޫ ނުވާނެހެން ތަނަށް ތަފާތު ރީތިކަމެއް ގެނެސްދޭ ޓައިލްއެކެވެ. މިއީ ފާޚާނާގެ ފާރުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ، އަދި އަމިއްލަ ޑިޒައިންތައް ވެސް ހެދިދާނެ ޓައިލްއެކެވެ.

ޑިޒައިނަރުން ބުނާ ގޮތުގައި މި ރެޓްރޯ ޓްރެންޑް އަނބުރާ އައުމުގެ އެންމެ ބޮޑު ސަބަބަކީ، އާންމުކޮށް ފެންނަ އާދައިގެ ޑިޒައިންތަކަށް ވުރެ ތަފާތު، އަދި ގެއަށް އަމިއްލަވަންތަ ސިފައެއް (ޕަރސަނަލް ޓަޗް) ގެނެސްދިނުމަށް ގިނަ ބަޔަކު ބޭނުންވުމެވެ.

.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)