








ހުޅުމާލެ އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ވެއްޓިފައިވަނީ އަމާން އުދަރެސް ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިން ކަމަށެވެ.
ވެއްޓިފައިވަނީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އިތުރު ތަފްސީލް އަންނަނީ ....




