





.jpeg?w=3840&q=75)


....
އޭޝިއަން ކަޕް 2027 ގެ ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމޫ ފުޓްބޯޅަ ޓީމު މުބާރާތުގައި ވާދަކުރުމަށް މިޔަންމާއަށް މިއަދު ހެނދުނު ފުރައިފިއެވެ.
31 އޮގަސްޓް 2026 އިން 6 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ އޭޝިިއަން ކަޕް 2027 ގެ ކޮލިފިކޭޝަންގައި މިފަހަރު 44 ގައުމަކުން ވާދަކުރާއިރު، މިފަހަރު ކޮލިފިކޭޝަން ވަނީ 2 ފޭހަކަށް ބަހާލެވިފައެވެ. އަދި ރާއްޖެ ހިމެނިފައިވަނީ ޑިވެލޮޕްމެންޓް ފޭސްގައެވެ.
ރާއްޖެ ހިމެނޭ ގުރޫޕްގެ ހުރިހާ މެޗެއް ވެސް ކުޅުމަކަށް ހަމަޖެހިފައިވަނީ މިޔަންމާގައެވެ. އަދި މިގުރޫޕްގައި ރާއްޖެއާއި މިޔަންމާގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އަދި ބުރޫނާއީ އެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ ބުރޫނާއި އާއި ދެކޮޅަށް ކުޅޭއިރު، ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޓީމު ނުކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ. އަދި ކޮލިފައިންގ ފަހު މެޗުގައި ސެޕްޓެންބަރު 6 ވަނަ ދުވަހު ރާއްޖެ އިން ނުކުންނާނީ މިޔަންމާ އާއި ދެކޮޅަށެވެ.
މިމުބާރާތައް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ޖޫނިއާ ޓީމު އިއުލާންކުރިއިރު، ކޯޗަކަށް ހަމަޖައްސައިފައިވަނީ އަޙުމަދު ޝާކިރެވެ. މީގެ ކުރިން ވެސް ޝާކިރު ވަނީ އެކި ފަހަރުމަތިން ޖޫނިއާ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްފައެވެ.
މީގެ އިތުރުން ޝާކިރުގެ އެސިސްޓެންޓުކަމުގައި މި ފަހަރުގެ ކޮލިފިކޭޝަނުގައި މަސައްކަތް ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗު އިބްރާޙީމް ސައީދު (ކަކާ)އެވެ.




