








ސ. ފޭދޫ ސްކޫލުގެ ހަރަކާތެއް ކުރިއަށްދަނީ - ފައިލް ފޮޓޯ
ސ. ފޭދޫ ސްކޫލުގެ ކެޑޭޓް ކޭމްޕުގައި ބަލިވި 31 ކުއްޖަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށާއި، މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުއްޖަކަށް ދަނީ ފަރުވާ ދެމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެފައި ވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނެވެ. އަދި ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބޭރަށްހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުމެވެ.
ހޮސްޕިޓަލުން ބުނީ އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ހާލަތު މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕުތައް ދަނީ ބާއްވަމުންނެވެ.




