


.jpeg?w=3840&q=75)





big_lXP5xENV3EKGvcQ
ތާޒާ ފެނުގެ ޖަރާސީމުހުރި އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިިނުވާނެ ކަމުގައި އެމްޑަބްލިއެސްސީން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ އެ ކުންފުނިން އުފައްދާ "ތާޒާ" ބްރޭންޑްގެ ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްޑަބްލިއެސްސީން ބުނެފައިވަނީ ތާޒާ ފުޅީގެ ކޮންމެ ބެޗެއްވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އަދި ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހުގައި ކަމަށާއި މި ދެންނެވި ކޮލިޓީ މިންގަނޑުތައް ކަށަވަރުނުކޮށް "ތާޒާ" ބްރޭންޑްގެ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިނުވާކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވާކަމަށެވެ.
"ތާޒާ" ފެނަކީ އޭގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއްފަހަރު ހަދަންޖެހޭ އެންމެހައި ޓެސްޓްތައްހަދައި، ފެން އުފެއްދުމަށްފަހު އިތުރު ތަހުލީލުތައް ކުރުމަށްޓަކައި، މާކެޓަށް ނުނެރެ 24 ގަޑިއިރު ބަހައްޓައި ގިނަ ތަހުލީލުތަކެއް ކޮށް ބައިނަލްއަގްވާމީ ކަމާގުޅޭ، އެންމެ މަތީ މިންގަނޑުތަކުން ފެންވަރު ވަޒަންކޮށް މާކެޓަށް ނެރޭ ފެނެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި ތާޒާ ފެން އުފައްދާ ކާރުހާނާއަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަރ (ހެސަޕް) 22000:2008 ސެޓިފައިޑް ކާރުހާނާއެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިމައްސަލަ ހޫނުވެފައިވަނީ، އެތަނުގެ ތާނގީއެެއްގެ ތެރެއަށް މަރުވެފައިވާ ކާޅެއް ވެއްޓި، ފެން ތަޢައްޔަރުވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ރޭ ދައުރުވަމުން ދިޔަ ވާހަކަތަކާ ގުޅިގެންނެވެ.



.jpeg?w=3840&q=75)
