
ކުރީގެ ވޮލީ ކުޅުންތެރިޔާ އަޙްމަދު ފާޒިލް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް 10 ދުވަހުގެ މުއްދަތެއް ބަންދަށް ޖަހައިފިއެވެ.ޑްރަގާއެކު ހައްޔަރުކުރި ފާޒިލް ވަނީ ރާއްޖޭގެ ޤައުމީ ވޮލީޓީމަށް ވެސް ކުޅެދީފައެވެ. އަދި ފާޒިލަކީ ޤައުމީ ވޮލީބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަންގެ ބޭބެވެސް މެއެވެ. އެ އާއިލާއަކީ ވޮލީގެ އާއިލާއެކެވެ.ޑްރަގާއެކު އޭނާ ހައްޔަރުކުރިއިރު، މިދިޔަ މަހު ފާޒިލް ވަނީ މާރާމާރީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ. އެ ފަހަރުވެސް ފާޒިލްގެ ބަންދަށް 10 ދުވަސްޖެހިއެވެ. އެ ފަހަރުގެ މާރާމާރީއަކީ އެ ރަށުގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގި މާރާމާރީއެކެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ފާޒިލް ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ވ. ކެޔޮދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އޭނާއާ ގުޅުން ހުރި ދެ ގެއެއް ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.ޤައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ޓޮޕް ޑިވިޝަންތަކުގެ ވޮލީ މުބާރާތްތަކުން ފެނިގެންދިޔަ ފާޒިލް ވަނީ ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.












