
އެކްސިޑެންްޓްވި ލަމްބޯގިނީ
ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޯގިނީ އެކްސިޑެންޓްވެ ފުނޑުފުނޑުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބަކީ ކާރު ކޮންޓްރޯލުން ނެއްޓި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑުތަކުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:42 ހާއިރު ކަމަށެވެ. އަދި ހޮޅިދަނޑިތަކުގައި ޖެހި ކާރު ފުރޮޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެވަގުތުގައި އޭގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެދެމީހުންނަށް އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދިޔަ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، މި ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑއޯތަކުގައިވާގޮތުން މި ހާދިސާގައި ބްރިޖްގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ތެރެއިން ބައެއް ޕެނަލްތައްވެސް ވަނީ ވެއްޓިފަ އެވެ.












%20(2).jpeg?w=3840&q=75)