
ބަޔަކު ޒަކާތް ދައްކަނީ
ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ޖެހޭ ނިޞާބުގެ މިންވަރު ދަށްކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތް ހައުސްއިން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
ޒަކާތު ހައުސް އިން ބުނީ އިއްޔެއިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުނު ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 32.38 ލާރި ރޭޓުން 595 ގުރާމަށްވާ 19،266.10 ރުފިޔާ އެވެ. މި އަދަދު ދަށްކޮށްފައިވާއިރު މިދިޔަ އޭޕްރިލް މަހުގައި މުދަލު ޒަކާތުގެ ނިޞާބު 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށް ބޮޑުކޮށްފައިވެ އެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން 1 އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތުވާ ގޮތުގެ މަތިން ސާޅިސް ކުޅަ އެއްބައި، (2.5%) ނެގުމަށް ވަސިއްޔަތްކުރެވެ އެވެ.
މިއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެކިދާނެ އެއްޗެކެވެ.












%20(2).jpeg?w=3840&q=75)



