
-
ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ “ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި އޯގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ހުޅުމާލޭގައި މަސައްކަތްކުރާ 25 ފުލުހުން ވަނީ ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހްއެވެ. އަދި މި ރަސްމިއްޔާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތަކާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް)، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.
ޒަމާނީ ފުލުހުންގެ ޚިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކޮށް، ޤާބިލުކަން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގެ ސަބަބުން ރައްޔިތުންނާ ގާތުން ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް އޮފިސަރުންނަށް ލިބިގެންގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)


%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)





%20(2).jpeg?w=3840&q=75)

