%20(2).jpeg?w=1920&q=75)
ކާތިކް އާރްޔަން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަންއަށް ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމެއްގެ ޝޫޓިންގައި ކަކުލަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މިއާއެކު އޭނާ މިހާރު ވަނީ މުމްބާއީގެ ފޯޓެސް ރަހޭޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ކާތިކްއަށް އަނިޔާވެފައިވަނީ މި ފިލްމުގެ އެންމެ ފަހުގެ ޝޫޓިންގެ ތެރެއިން، ފަހު ދެ ދުވަހު ނަގަން ހަމަޖެހިފައި އޮތް ވަރުގަދަ އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައެވެ. މި މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ އެކްޝަން ކޯޗުންނާއެކު ވަރަށް ބުރަކޮށް ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ޝޫޓިންގ ތެރޭގައި ލިބުނު މި ބޮޑު އަނިޔާއާ ގުޅިގެން ފިލްމުގެ މަސައްކަތް ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ.
މިއީ ކާމިޔާބު ފިލްމު 'ޗަންދޫ ޗެމްޕިއަން' އަށްފަހު ކަބީރު ޚާން އާއި ކާތިކް އާރްޔަން ގުޅިގެން މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އަދި ނަމެއް ހާމަކޮށްފައިނުވާ މި ސްޕޯޓްސް ޑްރާމާއަކީ ކާތިކް އާރްޔަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް 'ޑޯޕަމިން ސްޓޫޑިއޯސް' އިން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.
ޑޮކްޓަރުން ލަފާދޭ ގޮތުގައި އޮޕަރޭޝަނަށްފަހު ކާތިކްއަށް މަސައްކަތަށް އެނބުރި އާދެވޭނީ މަދު ދުވަސްކޮޅެއްގެ ރެސްޓަކަށް ފަހުގައެވެ.
މި ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ދެން އޭނާ އެންމެ އަވަހަށް ގުޅޭނީ އަނުރާގް ބާސޫ ޑައިރެކްޓްކުރާ އައު ފިލްމެއްގެ މަސައްކަތާއެވެ.











%20(2).jpeg?w=3840&q=75)
