
original_1667046539117
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބ. އަތޮޅު ދަރަވަންދޫއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ، ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު އަލުން ދަތުރު ފަށާއިރު ދުވާލަކު އެއް ފްލައިޓް އެ މަންޒިލަށް ދަތުރުރުކުރުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމަށް ނިންމާފައިވަނީ، ޖޫން 15ވަނަ ދުވަހު އެވެ. އެކުންފުނިން ބުނީ މޭ 7ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލްސެންޓަރ ނުވަތަ ޓިކެޓު އެޖެންޓުން މެދުވެރިކޮށް ދަރަވަންދޫއަށް ޓިކެޓް ބުކްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ، އެ އެއާލައިނުން ބ އަތޮޅަށް ދަތުރުތައް ފެށުމާއެކު، އެ އަތޮޅަށް ދަތުރުކުރައްވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައެވެ.










.jpeg?w=3840&q=75)