
4194
މޯލްޑިވިއަންގެ ޕައިލެޓުންނަށާއި ކެބިން ކްރޫންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އިންފްލައިޓް ފަޔަރ ފައިޓިންގ ކުލާހެއް ހިންގައިފިއެވެ.
ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ނޮވެންބަރު 20 ވަނަ ދުވަހު ހިންގި މި ކުލާހުގައި މޯލްޑިވިއަންގެ ތިން ޕައިލެޓުންނާއި އަށް ކެބިން ކްރޫން ވަނީ ބައިވެރިވެފައެވެ.
މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ބޭސިކް ފަޔަރ ކެމިސްޓްރީ، ފުލައިޓުތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ އިކުއިޕްމެންޓުތައް، އޮޕަރޭޝަނަލް ސްޓެންޑަރޑްސް ފޮރ އެން އިންފްލައިޓް ފަޔަރ، އޮޕަރޭޝަނަލް އެންޑް ހިއުމަން ފެކްޓަރސް އިންވޮލްވްޑް އިން އިންފްލައިޓް ފަޔަރ މެނޭޖްމަންޓް، އަދި ޕްރިވެންޝަން ސްޓްރެޓަޖީސް ހިމެނެއެވެ.
މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.










.jpeg?w=3840&q=75)



