



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ގިނަ ގޮތްގޮތަށް ވިސްނެވުމަށްފަހު ކަމަށެވެ. އަދި މިއީ ދައުލަތަށް ހިދުމަތް ކުރުމުގެ ބާބު ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފައިރޫޝް ވަނީ ދައުލަތަށް ހިދުމަތް ކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. ހާއްސަ ގޮތެއްގައި އޭނާއާއެކު މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނާއި، ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި މުއައްސަސާތަކުގެ ނަން ފާހަގަކުރައްވައި ފައިރޫޝް ވަނީ އޭނާގެ ޝުކުރު ދަންނަވާފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމުގެ ކުރިން ފައިރޫޝް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ހޯމް މިނިސްޓްރީގެ މަގާމަށް ބަދަލު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.




.jpg?w=3840&q=75)



