
-
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގެންފައިވަނީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރިއިރު:
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ޖުމްލަ 5,540 ގްރާމް (5.5 ކިލޯ) ގެ ކެނެބިސްގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އިންޑިއާގެ ދެ ފަސިންޖަރުން އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.
















