
މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ބާކީ އެއްމެޗު އޮއްވައި އާސެނަލްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ.
ބޯންމައުތުގެ ވިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެލީ ޖޫނިއާރ ކްރޫޕީ އެވެ. މެންޗެސްޓާ ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ބޯންމައުތަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނަައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 37 މެޗުން ހޯދި 77 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް އާސެނަލްއަށް 37 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައެވެ.
މީގެ އިތުރުން މިއީ 2004 ވަނަ އަހަރު މެޗަކުން ބަލިނުވެ އާސެނަލް އިން ލީގު ޗެމްޕިއަންކަން ހޯދި ފަހުން އެޓީމުން ޕްރެމިއާ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެޓީމުން ލީގު ޗެމްޕިއަންކަން ހޯދި 14 ވަނަ ފަހަރެވެ.















.jpg?w=3840&q=75)
.jpg?w=3840&q=75)