




.jpg?w=3840&q=75)



-
ރ. މަޑުއްވަރީގައި 400 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް 344 ކިލޯވޮޓް-އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އާއެކު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެވުޒާރާއިން ބުނީ މި މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ.
އެގޮތުން މި ނިޒާމް މަސައްކަތްކުރަން ފެށުމުން، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން ކުޑަކުރެވޭނެ ކަމަށާއި 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ތިމާވެއްޓަށް ބޭރުވުން މަދުކުރެވޭނެކަމަށް ބެލެވޭ ކަމަށް އެވުޒާރާއިން ބުނެއެވެ.
އަދި މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ބޭރުކުރާ މިންވަރު ކުޑަކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ވިޝަންގައިވާ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް، ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ. މިކަމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރ. މަޑުއްވަރީގައި މި ނިޒާމް ޤާއިމުކުރުމުން، ރަށުގެ ކަރަންޓު ޚަރަދު ކުޑަވެ، ރައްޔިތުންނަށް ލިބޭ ހަކަތަ އިތުރަށް ހަމަޖެހޭނެއެވެ. މި




