.jpg?w=3840&q=75)







IMG_3891
މޫސުން ގޯސްވެ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެގޮތުން ގދ ހޯދެއްދޫ އަދި ގދ މަޑަވެލި ގުޅުވާލަދޭ ކޯޒްވޭއަށް ވަނީ އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ގއ ކޮލަމާފުއްޓަށްވެސް އުދައަރާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި އެވެ.
ވައިބާރުވެ ގދ ގައްދޫ ގެއެއްގެ ފުރާޅު އެއްލައިގެންގޮސް އަދި މީގެ އިތުރުންވެސް ގައްދޫގެ ބައެއް އިތުރު ތަންތަނަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ގެމަނަފުއްޓާއި ކޮނޑޭގެ ފަޅުތެރޭގެ ބާނި ބޮޑުވެ ބަނދަރުގައި އަޅާފައި އޮތް ދެ ޑިންގީއެއް ވަނީ ދިޔަވެ އަޑިއަށް ގޮސްފައެވެ. އަދި މި ދެރަށުގެ ބައެއް ގެތަކުގެ ފުރާޅު ގަދަ ވަޔާ އެކު އެއްލައި އެރަށުގެ ބައެއް ގަސްތައް ވަނީ ވެއްޓިފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އުދައިގެ އަސަރުކޮށް، އަދިވެސް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ނޯޓް: ވިއްސާރާގައި ލިބެމުންދާ ގެއްލުންތަށް ގާފު މީޑީއާ ގްރޫޕްއާއި ހިއްސާ ކުރެއްވުމަށް 9448800 އަށް ވައިބާ ކޮށްލަދެއްވާ!
.jpg?w=3840&q=75)


.jpg?w=3840&q=75)


