






-
ހުޅުމީދޫގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދުކޮށްލާފައިވާ ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ހަމަލާދީފައިވަނީ ކުރީގެ ފުލުހަކަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








