





.jpg?w=3840&q=75)
-
ކުއްލި ގޮތަކަށް އަވަހާރަވި ޝެއިހް އިބްރާހީމް ފަރީދު އަހުމަދުގެ ޖަނާޒާ މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހްގެ ހަށިގަނޑު ރާއްޖެ ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް މެލޭޝިއާގެ ގާނޫނު ބުނާގޮތުން މެލޭޝިއާގައި މަރުވާ މީހަކު ގައުމުން ބޭރަށް ގެންދާނަ ޕޯސްޓްމޯޓަމް ހަދަން މަޖޫބޫރުވާތި ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން ވަނީ ނިންމާފައި އެވެ.
ފަރީދުގެ ޖަނާޒާގެ މައުލޫމާތު މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދާދި ދެންމެ އަކު ވަނީ އާންމުކޮށްފައި އެވެ. އެގޮތުން ފަރީދުގެ މޫނު ދެއްކުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މެލޭޝިއާގެ ސައިބާ ޖަޔާގައި ހޔުންނަ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައި އެވެ. މޫނު ދެއްކުން ކުރިޔަށްދާނީ މާދަމާ މެލޭޝިއާ ގަޑިން މެންދުރު 11:00 އިން 12:30 އަށެވެ.
އަދި ކަށުނަމާދު މެންދުރު ނަމާދަށްފަހު ކުރުމަށް ހަމަޖެހިފައިވާއިރު ފަރީދުގެ ހަށިހަނޑު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ސައިބާޖަޔާގައި ހުންނަ ރައުދާތުލް ބާޤީގެ އިސްލާމީ ގަބުރުސްތާނުގައި އެވެ.








.jpg?w=3840&q=75)