




.jpg?w=3840&q=75)



--
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިން ހައްދާތަކެތި ބާޒާރުތަކާއި ހަމައަށް ގެނެވޭނެ ފަހި އިންތިޒާމްތަކެއް ވީ އެންމެ އަވަހަަށް ހަމަޖެއްސުމަށްޓަކައި އެގްރޯނެޓާއިއެކު، ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔާމް މާރިޔާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވާރާތަކުގައި ވަޒީރު ވިދާޅުވީ ދަނޑުވެރިން އުފައްދާތަކެތިން އެވެރިންނަށް ނަފާ އެކަށީގެންވާ ގޮތުގައި ނުލިބެނީ އެތަކެތި މާކެޓަށް ގެނައުމުގައި ހުރި ދަތިތަކަކުންކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެ އިންތިޒާމްތައް ފަހިކޮށް އަމަލީ މަސައްކަތް ފެށުމަށް ބޭނުންފުޅުވެލައްވާކަމަށެވެ.
އެގްރީނެޓުން މި ބައްދަލުވުމުގައި ފާހަގަ ކުރެއްވީ ދަނޑުވެރިން ހައްދާތަކެތި މާކެޓަށް ގެނައުމަށް ބޭނުންކުރަމުން އައި އުޅަނދުގެ މަރާމާތުގެ މަސައްކަތް ނިންމާ ދެ ހަފްތާގެ ތެރޭގައި އޮޕްރޭޝަނަށް ނެރެވޭނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި އެބޭފުޅުންވެސް ބޭނުންވަނީ އަވަހަށް މަސައްކަތް ފެށުމަށްކަމަށް ފާހަގަކުރިއެވެ.
ދަނދުވެރިންނާއި އެ ރަށްރަށުގެ މުޖުތަމަޢުއަށް މި ދާއިރާއިން ބޭނުންވާ އެހީތަށް ފޯރުކޮށްދިނުމުގައި މި ވުޒާރާ އާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވާރާކޮށްފައެވެ.




