


.jpg?w=3840&q=75)
.jpg?w=3840&q=75)




165340799-715096109162129-7652505971271443686-n
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަ މޯލްޑިވްސް 2021 ގެ ޓައިޓަލް މުޙައްމަދު ޔާމީން (ޔާމްބެ) ހާސިލުކޮށްފިއެވެ.
މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ޔާމްބެ ހޯދިއިރު، އޭނާ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. ޔާމްބެ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ. ބޮޑީބިލްޑިންގައި ހިމެނުނު 60 ކިލޯގެ އެއްވަނަ މުހައްމަދު މޫސާ ހޯދިއިރު، 70 ކިލޯގެ އެއްވަނަ ހޯދީ މީގެކުރިން ތިން ފަހަރު މިސްޓަރ މޯލްޑިވްސް މަގާމު ހޯދާފައިވާ މުހައްމަދު ރަޝީދެވެ.
އޮލިމްޕަސް ސިނަމާގައި ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވާފައިވާއިރު، މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި އިވެންޓު ކުރިޔަށްދިޔައީ އެޗްޕީއޭގެ ހަރުކަށި އުސޫލުގެ ދަށުންނެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި 30 އަށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވީ 18 ބޮޑީބިލްޑަރުންނެވެ.



.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)


