






.jpg?w=3840&q=75)

--
އިޒްރޭލުގެ ނިރުބަވެރި ސަލާމަތީ ބާރުތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މިއަދު ދިން ހަމަލާއެއްގައި ބަނޑަށް 8 މަހުގެ މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތައް އިތުރަށް ފުޅާކޮށް، ހުޅަނގު އައްސޭރީގެ ނޫރު ޝާމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލީ ސޮންޑޯސް ޖަމާލް މުހައްމަދު ޝަލަބީ އެވެ. އެގޮތުން އޭނާއަކީ ބަނޑަށް 8 މަސްވެ ދާދި އަވަހަށް ވިހަން ތައްޔާރަށް ހުރި މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޭމްޕުގައި ތިބި ފަލަސްތީނުގެ އާއިލާއަކަށް ނިރުބަވެރި ސިފައިން ބަޑީގެ ހަމަލާތަކެއް ދީ، ސޮންޑޯސް ޖަމާލް މުހައްމަދު ޝަލަބީ އޭނާގެ ބަނޑުގައި އޮތް 8 މަހުގެ ކުއްޖާއާއެކު ޝަހީދުކޮށްލައި އޭނާގެ ފިރިމީހާއަށް ސީރިއަސް އަނިޔާތަކެއް ދީފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މެޑިކަލް ޓީމުތަކަށް 23 އަހަރުގެ އެ އަންހެން މީހާ އާއި އޭނާގެ އަލަތު ދަރިފުޅު ސަލާމަތް ނުކުރެވުނީ އެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އެޅުމުން ކަމަށެވެ.







