




%20(1).jpeg?w=3840&q=75)



--
ތުރުކީގެ ވެރިރަށް އަންކާރާގައި ރަޝިއާ އާއި އެމެރިކާ އާއި ހުޅަނގުގެ ބައިވެރިންނާ ދެމެދު ކުރިއަށް ގެންދާ ކަމަށް ބެލެވޭ ފުޅާ ގައިދީންގެ ސްވޮޕެއް ކުރިއަށްދާ ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެފި އެވެ.
ތަފާތު ހަތް ގައުމެއް ހިމެނޭ މި ގައިދީން ބަދަލުކުރުމުގެ އޮޕަރޭޝަންގައި ދެ ކުޑަކުދިން ހިމެނޭހެން 26މީހަކު ހިމެނޭ ކަމަށް އަލްޖަޒީރާއަށް މައުލޫމާތު ދިން ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.
ތުރުކީގެ އަނަޑޯލޫ އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ފިނި ހަނގުރާމައަށް ފަހު ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ގައިދީން ބަދަލުކުރުމަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ރަޝިޔާގެ ހައްޔަރުގައި ހުރި އެމެރިކާގެ ނޫސްވެރިޔާ އީވާން ގަރްޝްކޮވިޗް އާއި އެމެރިކާގެ ކުރީގެ މެރިން އޮަފިސަރެއް ކަމަށްވާ ޕޯލް ވެލަން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އޮޕަރޭޝަން ކުރިޔަށް ދަނީ އެމްއައިޓީ ގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގައިދީންގެ ސްވޮޕާ ގުޅުން ހުރި ކަމަށް ބެލެވޭ ރަޝިއާގެ އަސްކަރީ މަތިންދާބޯޓެއް އަންކާރާއަށް ޖައްސާފައިވާ ކަމަށެވެ.




