




.jpg?w=3840&q=75)


އިޒްރޭލުގެ ޔަހޫދީން ރައްކާތެރިކުރުމުގައި އަމިއްލައަށް ފެއިލް ވެފައިވާ ކަމަށްބުނެ އިޒްރޭލު އަސްކަރިއްޔާގެ ސަރަހައްދީ ކޮމާންޑަރަކު އިސްތިއުފާދީފި އެވެ.
އިސްތިއުފާ ދީފައިވަނީ ޣައްޒާ ސަރަހައްދު ބަލަހައްޓަން ހަވާލުކޮށްފައިވަނީ އިޒްރޭލުގެ ބްރިގޭޑިއަރ ޖެނެރަލް އަވީ ރޮޒެންފެލް އެވެ.
އޭނާއަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާމުގެ ތެރެއިން އިސްތިއުފާ ދިން އިސްރާއީލުގެ ފުރަތަމަ އަސްކަރީ ކޮމްބެޓް ކޮމާންޑަރެވެ.
އިސްތިއުފާގެ ސިޓީގައި އޭނާ ލިޔެފައިވަނީ ޣައްޒާގެ އަވަށްތަކާއި ވަށައިގެންވާ އަވަށްތަކުގައި އިސްރާއީލުގެ އާންމުން ހިމާޔަތް ކުރުމަށް އޭނާ ކުރި މަސައްކަތުގައި ފެއިލްވެފައިވާ ކަމަށެވެ.
ރޮޒެންފެލްޑް އާ ހަވާލާދީ ރޮއިޓާސް އިން ބުނީ ތަހުގީގުތަކާއި ފިލާވަޅުތައް ދަސްކުރުމުގައި ދެމިތިބުމަށާއި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިނގި ކަންކަން މުސްތަގުބަލުގައި ނުހިނގާނެ ގޮތަށް ހުރިހާ ކަމެއް ކުރަން އަސްކަރިއްޔާއިން ތައްޔާރުވާން ޖެހޭ ކަމަށެވެ.
ޔަހޫދީ ކޮމާންޑަރަކު އިސްތިއުފާ ދިން އިރު ދާދި ފަހުން ޔަހޫދީންގެ މިލިޓަރީ އިންޓެލިޖެންސްގެ ޑިރެކްޓަރު ވެސް ވަނީ އިސްތިއުފާ ދިންކަން ހާމަކޮށްފައެވެ.





