.jpg?w=3840&q=75)





%20(1).jpeg?w=3840&q=75)

އޮޕަރޭޝަން ބްރީފިންގ
މާދަމާ ރާއްޖޭގައި އޮންނަ މަޖިލިސް އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ޖަލުތަކެއްއެލަރޓް ހާލަތަށް ގެނެސްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޖަލުތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމުގެ ގޮތުން އޮޕަރޭޝަން އަންލޮކް ފަށާ، ހުރިހާ ޖަލުތަކެއް އެލަރޓް ހާލަތަށް ވަނީ ގެނެވިފައި ކަމަށެވެ.
މީގެ އިތުރުން އޮޕަރޭޝަން ބްރީފިންގ ހުރިހާ އޮފިސަރުންނަށް ވެސް ދީފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.
މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.
.jpg?w=3840&q=75)



