
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




244433_3_6429b0d250482c784e30513fa1179ffb10b26ba7_medium
ޓޭބަލް ޓެނިސްގެ ބައިނަލްއަޤުވާމީ 2 މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެއެވެ.
މިއަަރުގެ އޯގަސްޓްމަހު ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިފައިވަނީ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އެވެ.
އެންމެ ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމްވަނީ 3 ރަން މެޑަލް ހޯދާފައެވެ. މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުންވަނީ ސީނިއަރ އަދި ޖޫނިއަރ ޓީމްތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސާފައެވެ.
ޤައުމީ ޓޭބަލް ޓެނިސްގެ ކޯޗް ކޮސްޓޮޕޮލަސް އަކީ ވަރަށް ތަޖުރިބާކާރު ކޯޗެކެވެ. އެގޮތުން ގިނަ މުބާރާތްތަކެއްގެ ކޯޗުކަން ގްރީސްގެ ގިނަ ޓީމްތަކަށްކޮށްދީ، ގިނަ ކާމިޔާބިތަކެއް ޔޫރަޕުގައި ހޯދައިފައިވެއެވެ. ކޯޗް ކޮސްޓޮޕޮލަސްގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެކަމަށް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 އާއި ގުޅިގެން ޓީޓީ ކުޅުންތެރިންގެ ފަރިތަކުރުންތަކަށް ބުރުއަރާފައިވާއިރު، މިހާލަތުގައިވެސް ޓީޓީ ޓީމްތަކުންދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މިހާރު ފަރިތަކުރުންތައް ހުޅުމާލޭަގައި ގާއިމްކޮށްފައިވާ ޓީޓީ ހޯލުގައެއި ކުރިއަށް ގެންގިުމުގެ މަގު ވަނީ އެ ކުޅުންތެރިންނަށް ފަހި ކޮށްދީފައެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)