
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




FQph39DaQAAZior
ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ލޯގޯ އިފްތިތާހްކޮށްފި އެވެ.
މިރޭ ޤައުމީ ޓީޓީ ހޯލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލޯގޯ އިފްތިތާހްކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޓޭބަލް ޓެނިސްއަކީ ރާއްޖެއަށް ރަން ވަނަތަކެއް ޙާސިލްކޮށްދީފައިވާ ކުޅިވަރެއްކަމަށެވެ. އަދި ކުޅިވަރަކީ އެންމެން އެއްބައިވަންތަކޮށްދޭ އެއްޗެއްކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ 1980 ގެ ތެރެގައި ކުޅިވަރުގެ ފޯރިން އެކަކު އަނެއްކަކު ގުޅުވާލަދިން ފަދައިން މިއަދު އަނެއްކާވެސް ވަނަތަކެއް ހޯދައިގެން އެ މަންޒަރުތައް އިޔާދަވަމުން އަންނަކަމަށެވެ.
އައިއޯޖީން ހޯދި ކާމިޔާބީންވެސް ރާއްޖެއަށް ރަން ވަނަތަކެއް ހޯދިދާނެކަން ޔަޤީންކޮށްދީފައިވާކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ދުނިޔޭގެ ޤައުމުތަކުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދޭނެކަން ސާބިތުކޮށްދީފައިވާކަންވެސް ނައިބްރައީސް ވިދާޅުވިއެވެ.
އަންނަ މެއި މަހުގެ 9 އިން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައި އޮންނަ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، އަދި ނޭޕާލްއެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)



