

%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)

viber_image_2021-02-14_08-54-38
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ވެއްޓިއްޖެ އެވެ.
މައުލޫމާތި ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:30 ހާއިރުއެވެ. ވެއްޓުނު މި ބޯޓަކީ ކޮމޯ މާލިފުށިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބޯޓެކެވެ. މި ބޯޓު ވެއްޓިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި މި ސީޕްލޭން ވެއްޓުނު އިރު އޭގައި ހަ ޕެސެންޖަރުންނާއި ތިން ކުރޫއިން ތިއްބެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މި ބޯޓު ވެއްޓުުނު ސަރަހައްދުގައި މިހާރު ކޯސްޓްގާޑާއި އެއާޕޯޓުގެ ފަޔާ އެެންޑް ރެސްކިއު ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.


%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)

