logoEN
PNC TOP 3
ބްރިޖް މަތީގައި ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖް މަތީގައި ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

breaking ބްރޭކިންގް

ބްރިޖް މަތީގައި ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

PNC MID 2

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދުއްވާ ފަޅީގައެވެ. އެކްސިޑެންތް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހަލިމަގުގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:56 އެހާކަންހާއިރު ކަމަށާއި މިއެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރު ތަފްސީލް އަންނަނީ....

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC