logoEN
WAMCO TOP 1
ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ ދެއްވި މަތިވެރި ނިޢުމަތެއް - ޝަހީމް

ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ ދެއްވި މަތިވެރި ނިޢުމަތެއް - ޝަހީމް

އަހުމަދު ޝުރާއު

logo

8/12/2026, 3:42:35 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ ސުބްޙާނަޙޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ، އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39ވަނަ ޤައުމީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކިޔުންތެރިކަމާއި، ލިޔުންތެރިކަމާއި، ފަޞާޙާތްތެރިކަމާއި، ބަލާޢާތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް އިސްކަމެއް ދެއްވާފައިވާ ކަމެއްކަމަށާއި، އަޅުގަނޑުމެންނަށް މި މާތް މަތިވެރި ރިސާލަތު ﷲ ސުބްޙާނަޙޫ ވަތަޢާލާ ފައްޓަވައިދެއްވީ ކިޔުންތެރިކަމަށް ގޮވާލައްވަމުންކަމަށެވެ. އަދި ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ ސުބްޙާނަޙޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ މޮޅު ވާހަކަދެއްކުންތެރިއަކަށްވުމަށް ކުރަން ޖެހޭ މުހިއްމު ހަތަރުކަމެއް ދަރިވަރުންނަށް ކިޔައިދެއްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވި، ގިނަގިނައިން ފޮތްތައް ކިއުމާއި، އެކިއެކި ތަޤުރީރުތައް އަޑުއެހުމާއި، ދަސްކުރުމާއި، ޢަމަލީ ގޮތުން ތަމްރީން ލިބިގަތުމަކީ މުހިއްމު ކަމެއްކަމަށާއި މި ހަތަރު ކަންތަކަށް ސަމާލުކަން ދީފިނަމަ ލޮބުވެތި ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ހުނަރުގައި ވަރަށް މަތީ މަޤާމަކަށް ދަތުރުކުރެވިދާނެކަމަށް ދެކޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ދިވެހި ސަރުކާރުން، އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ދިވެހި ޤައުމިއްޔަތާއި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދަމަހައްޓާ ދިރުވުންކަމަށާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިންވެސް މިކުރާ މަސައްކަތަކީ މި ބީދައިން އަދާކުރަމުންދާ މަސްއޫލިއްޔަތުތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ޚާއްސަ ވަނަތަކަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޚާއްސަ އިނާމެއް ދޭގޮތަށް ހަމަޖައްސަވައިދެއްވާނެކަން ވަޒީރު ވަނީ އިޢުލާން ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC